ކާމިޔާބު އެކްޓަރުންއަށް ވެވޭނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކަމަށް އަބީޝޭކް ބައްޗަން ހާމަކޮށްފިއެވެ.
އަބީޝޭކް ހާމަކޮށްފައިވާ ގޮތުގައި ބޮލީވުޑްގައި އަބީޝޭކްއަށް ކާމިޔާބު ނުވެވުނީ ޝާޙް ރުކް ޙާންއާއި އަމީތާބު ބައްޗަން ފަދައިން ބުރަކޮށް މަސައްކަތް ނުކުރެވުމުން ކަން ގަބޫލުކުރާ ކަމަށް އަބީޝޭކް ވަނީ ހާމަކޮށްފައެވެ.
އެގޮތުން އެ ދެފަންނާނުންއަކީ އާއިލާއަށް ވަގުތު ދެމުން ބޮލީވުޑްގައި ކުރިއަރައިގެން ދިޔަ ދެ މީހުން ކަމަށާއި އެ ދެ ފަންނާނުން މަސައްކަތް ކޮށްފައިވަނީ އެހާމެ ބުރަކޮށް ގިނަ ވަގުތު ޝޫޓިންގައި ކަމަށް ވެސް އަބީޝޭކް ވަނީ ހާމަކޮށްފައެވެ.
އަބީޝޭކް ބޮޑުވެފައި ހުރީ ބައްޕަ ނުފެނި ކަމަށާއި އެގޮތުން އޭނާ ހޭލާއިރު ބައްޕަ ވާނީ ޝޫޓިންއަށް ގޮސްފައި ކަމަށާއި އަދި އެނބުރި ގެއަށް އަންނާނީ އަބީޝޭކް ނިދާ ފަހުން ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ކާމިޔާބުވާނީ ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ކަމަށާއި އެފަދަ ތަރިންއަށް ނުވެވެނީ ބުރަކޮށް މަސައްކަތް ނުކުރެވޭތީ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.