ދުޅަހެޔޮ ސިއްހަތަކަށް ދިރިއުޅުން ބަދަލުކޮށް ހަށިގަނޑު ހިއްކާލުމަށް އެންމެ ފުރަތަމަ ވެސް ކުރަން ބުނާ އެއް ކަމަކީ ކެއުމުގެ އާދަތައް ބަދަލުކޮށް ކެއުން މަދުކުރުމެވެ.
ހިކި މޭބިސްކަދުރަކީ ހައި އެނާޖީ ޑެންސިޓީ ހިމެނޭ އެއްޗެކެވެ. ނަމަވެސް އެއާ ހިލާފަށް ރޯ މޭބިސްްކަދުރަކީ ލޯ އެނާޖީ ޑެންސިޓީ މޭވާއެކެވެ. ހިކި މޭބިސްކަދުރު ޖޯޑެއްގައި 400 އަށްވުރެ ގިނަ ކެލޮރީ ހުންނަ އިރު ރޯ މޭބިސްކަދުރު ޖޯޑެއްގައި ހުންނާނީ 80 ވަރަކަށް ކެެލޮރީ އެވެ.
މި ދެ ބާވަތުން ވެސް ބަނޑު ފުރޭނެ އެވެ. ނަމަވެސް ރޯ މޭބިސްކަދުރުން ކެލޮރީ ލިބޭ މިންވަރު މަދުވާނެ އެވެ. ސިއްރަކީ ވީހާ ވެސް ކެލޮރީ މަދު ކެއުންތައް އިތުރުކޮށް ކެލޮރީ މަތި ކެއުންތަކާ ދުރުވުމެވެ.
އެނާޖީ ޑެންސިޓީ އަކީ ކާ އެއްޗެހީގައި ހުންނަ ކެލޮރީގެ އަދަދެވެ. ހައި އެނާޖީ ޑެންސިޓީ ނަމަ އެ ކާއެއްޗެހީގެ ސައިޒް ކުޑަވި ނަމަވެސް އޭގައި ކެލޮރީ ހުންނަ މިންވަރު އިތުރުވާނެ އެވެ. ލޯ އެނާޖީ ޑެންސިޓީ ވެއްޖެ ނަމަ ކާ އެއްޗެހީގެ ސައިޒު ނުވަތަ ކާ މިންވަރު އިތުރުވި ނަމަވެސް ކެލޮރީގެ މިންވަރު މަދުވާނެ އެވެ.