ގައުމީ ދާރުލްއާސާރުގެ ޚިދުމަތް މި މަސްތެރޭގައި ދޭން ފަށާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނެފިއެވެ
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނީ ދާރުލްއާސާރު މަރާމާތުކޮށް ނުނިމޭތީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުންނާނީ ބަންދުކޮށްފައި ކަމަށެވެ. އަދި މި މަސްތެރޭގައި ޚިދުމަތްދޭން ފަށާނެ ކަމަށެވެ.
ކުރިން އޮތީ މާދަމާ ދާރުލްއާސާރު ހުޅުވާ ގޮތަށެވެ.
ދާރުލްއާސާރު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ.
މި މަސައްކަތަކީ ބީއެމްއެލްގެ ސީއެސްއާރްގެ ދަށުން ދާރުލްއާސާރު ތަރައްގީކުރުމަށް ދޭ ދެމިލިއަން ރުފިޔާގެ އެހީގެ ދަށުން ކުރިއަށްގެންދާަ މަސައްކަތެކެވެ.