ރާއްޖެއިން މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވީ 7 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖުލައި އެއްވަނަ ދުވަހުން ފެށިގެން އޮގަސްޓު 5 ގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވްވީ 7 މީހުންނެވެ.
މާލެ ސަރަހައްދުން 5 މީހުން ޕޮޒިޓިވްވިއިރު އެހެން ރަށަކުން މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ. އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވްވީ 2 މީހުންނެވެ.
މި އަދަދުތަކާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 186,694 އެވެ. އޭގެތެރެއިން 316 މީހަކު ވަނީ ނިޔާވެފައެވެ.
De UN