އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންތިޚާބެއްކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އީޔޫގެ ފަރާތުން ރިޔާސީ އިންތިޚާބު މޮނިޓަރ ކުރުމަށް ފޮނުއްވާފައިވާ އޮބްޒާވާ މިޝަނުގެ ޗީފް އޮބްޒާވާ އަދި ޔޫރަޕިއަން ޕާލިމެންޓުގެ މެމްބަރ ނާޗޯ ސަންޗޭޒް އަމޯރ އާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އެ ބޭފުޅުންނާ ހިއްސާ ކުރެއްވި ކަމަށެވެ.
އަދި އޮބްޒާވާ މިޝަނުގެ މަސައްކަތް ފުރިހަމަކުރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.