ރައްޔިތުންގެ ޖަޒުބާތުތައް ޕެޕާރ ސްޕްރޭއަކުން ނުހުއްޓުވޭނެ ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކެމްޕޭނަށް ރަށްރަށަށް ވަޑައިިގަތުމުން ރައްޔިތުން އިހުތިޖާޖުކުރަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ނުހައްގުން ޖަލަށް ލާފައިވާތީ ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާަދަމް ޝަރީފް މިއަދު ވިދާޅުވީ މި ސަރުކާރުން ހެދި އެންމެ ބޮޑު ގޯހަކީ އަދި ސަރުކާރުގެ ވެއްޓުމަކީ ރައީސް ޔާމީން ޖަލަށްލުން ކަމަށެވެ.
”އިބޫގެ ކެމްޕޭން ދަތުރުތަކާ ގުޅިގެން ރައްޔިތުން އިހުތިޖާޖުކުރަނީ ނުހައްގުން ރައީސް ޔާމީން ޖަލުގައި ބަހައްޓައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދައި ޝަރުއީ ނިޒާމް ހައިޖެކްކޮށްފައިވާތީ. ރައްޔިތުން އެންމެ ބޭނުންވާ ކަމަކީ ރައީސް ޔާމީން މިނިވަންވުން. ކުޑަމިނުން ގެއަށް ބަދަލުކުރުުން.“
އާަދަމް ވިދާޅުވީ ރައްޔިތުންގެ ޖަޒުބާތުތައް ޕެޕާރ ސްޕްރޭއަކުން ނުހުއްޓުވޭނެ ކަމަށެވެ.
އަދި ކެމްޕޭން ފޮޓޯތަކުން ދޭހަވަނީ ރައީސް ޞާލިޙް ތަފާތު ބޮޑުކޮށް ބަލިވާނެކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.