ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަ ގޮތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޕާސްޕޯޓު ހިފަހައްޓާނެ ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ކެމްޕޭނަށް ހއ.ހޯރަފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އަންނަ ގޮތަށް ރައީސް ޞާލިޙް ހައްޔަރުކުރާނެ ކަމަށާއި ފިއްލަވައިގެން ވަޑައިގަންނަވާކަށް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.
”އަޅުގަނޑުމެން ވެރިކަމަށް އަންނަ ގޮތަށް ޕާސްޕޯޓް ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ. ޑރ.މުޢިއްޒަށް އަޅުގަނޑު ަދަންނަވައިލަން ބޭނުން. އިންތިޚާބުވެވަޑައިގަތުމާއެކީ ޕާސްޕޯޓް ހިފަހައްޓަންވާނެ.“
އަދުރޭ ވިދާޅުވި ގޮތުން ރައީސް ޞާލިޙަށްވުރެ ނުބައި ވެެރިއަކު އަދި ނާދެއެވެ. އެއީ ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ޣައްދާރުކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
ވެރިކަން ލިބުނީމަ ތިޔަ ބުނަނީ އަނިޔާކުރަން… ހީވޭތަ ލިބޭނެހެން!؟؟ ކަލޭ ބުނި ޝައްކު ނުކުރާށޭ ނަން އޮންނާނެޔޭވެސް…ނުލެވޭ ލިސްޓުގަ….
މީހުން ހައްޔަރު ކުރުމަކީ ޝަރުއީ ކޯޓުން ކުރާ ކުރާކަމެކެވެ. އަދުރޭއަށްވެސް ޔާމީނު ކިބައިން ތިޔަފަދަ އަނިޔާވެރިކަން ތިޔަހުރީ ވާރުތަވެފައެވެ. މާތް ﷲ ކަލޭމެންގެ އަނިޔާއިންމިވަނީ މިގައުމު ސަލާމަތް ކުރައްވާފައެވެ.