ސަރުކާރުން ނ.މާފަރުގައި ތަރައްގީކުރި ފުޓުބޯޅަ ދަނޑު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ނ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މާފަރަށް ވަޑައިގެން ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި ދަނޑަކީ ޓަރފް އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.
ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މި ދަނޑުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައިވާއިރު, ޓަރފް އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑް އިންނެވެ.