ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
ހޯދަމުން ދަނީ ފުވައްމުލައް/ހޯދަޑު, ނަސްފަަރު, މުޙައްމަދު ސިނާން (37އ) އެވެ.
އޭނާ ހޯދަމުން ދަނީ ދައުލަތުން ދައުވާކުރާ ކުށެއް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް އޭނާ ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
ސިނާން އާބެހޭ އެއްވެސްމައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.