ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް, ނ. މިލަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.
ރައީސް ޞާލިޙް މި މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީި މިހާރު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މިލަދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގެއެވެ.
މި މަޝްރޫއުއަކީ 56،512،639.66 ރުފިޔާ އަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.
މި މަޝްރޫއު ދަށުން 248 މީޓަރު ބޭރުތޮއްޓާއި 137 މީޓަރުގެ ރިވެޓްމަންޓު ވަނީ ޖަހާފައެވެ.
ރައީސް މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިި އެ އަތޮޅުގައި ސަރުކާރުން ހިންގި ގިނަ މަޝްރޫއުތަކެއްގެ ނިމުން ވަނީ ފާހަގަކޮށްދެއްވައިފައެވެ.