ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެކަމެއް ނޫން ކަމަށާއި ތަރައްގީގެ މަސައްކަތް ކުރުމުގައި ރަށްތަކުގެ މެދުގައި ތަފާތު ނުކުރައްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިފަދައިން ވިދާޅުވީ ހއ.ހޯރަފުށްޓަށް ވަޑައިގެން ދެއްކެވި ވާހަފުޅުގައެވެ.
”ރަށްރަށުގެ އާބާދީ ތަފާތުވުމަކީ ތަރައްގީ ތަފާތުވާނެކަމެއް ނޫން. ކޮންމެ ރައްޔިތަކީ ހަމަހަމަ ރައްޔިތުން.“
މުޢިއްޒު ވިދާޅުވީ ކޮންމެ ރައްޔިތަކަށްވެސް އެ ލިބެންޖެހޭ ހައްގުތަކާއި އަސާސީ ޚިދުމަތްތަކާއި އެ ރަށެއްގެ ރައްޔިތުން އުންމީދުކުރާ ކަންކަމުގައި ތަފާާތުކުރެވިގެން ނުވާނެ ކަމަށެވެ.
”އެހެންވީމަ އެ ޔަގީންކަން ތިޔަ ހުރިހާ ބޭފުޅުންނަށް ވެސް މި ދެނީ.“
އޭނާ ވިދާޅުވީ ގައުމު ކުރިއަށް ގެންދިއުމުގެ ޒިންމާ މަތިކޮށްފިނަމަ ފެނިގެންދާނީ ތަފާތުކުރުމެއްނެތި ހަމަހަމަކަމާ އެކީގާ ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނަށް ކަންކަން ކޮށްދެއްވާ ތަން ކަމަށެވެ.
ރައްޔަތުން ނަށް ހިދުމަތް ދޭއިރު އާބާދީއައް ބެލުމަކީ ތަފާތު ކުރުންދޯ