ދެން އަންނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ސްޕޯޓްސްއާއިި ޔޫތު މިނިސްޓްރީ ހިންގާނީ ވަކިންކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ނ.ލަންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ޔޫތު އަދި ސްޕޯޓްސް އެއް މިނިސްޓްރީއެއްގެ ގޮތުގައި އޮތުމުން އެ ދެ ދާއިރާގެ ވެސް ޝަކުވާތަކެއް އެބަހުރި ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ދައުރުގައި އެ ދެ ދާއިރާ ވަކިކޮށް ދެ މިނިސްޓްރީއެއްގެ ދަށަށްލައި ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޒުވާނުންގެ މެދުގައިި މިހާރު މަގުބޫލުވަމުން އަންބަ މާޝަލް އާޓްސްއާ އީސްޕޯޓްސްގެ ކުޅިވަރުތަކާއި މޫދު ކުޅިވަރުތައް ތަރައްގީކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.