އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔަވައި ދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވައުދުފުޅާ ގުޅިގެން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް ވަނީ އިނގިރޭސިން އިސްލާމް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހޯދައިދިނުމަށް ވައުދުވެވަޑައިގެންފައެވެ.
މުޢިއްޒު މިކަމަށް ފާޑުވިދާޅުވީ ހއ.އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައެވެ.
އޭނާާ ސިފަކުރެއްވީ އެއީ ގައުމިއްޔަތު ގެއްލުވައިލަން ކުރާ ކަމެއްގެ ގޮތުގައެވެ.
މުޢިއްޒު ވިދާޅުވި ގޮތުން ގައުމިއްޔަތުގެ ވާހަކަ ދައްކައި އެ މަގުން މަސައްކަތްކުރާ ފުރަތަމަ ޕާޓީއަކީ ޕީޕީއެމްއެވެ.
ގައުމު ސަލާމަތް ކުރެވޭނީ ޕީޕީއެމްއަށް ވެރިކަން ހަވާލު ކޮށްގެން ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
ގިނަދިވެހިންގަބޫލެއްނޫން އަސްލާމް އިގިރޭސިންކިޔަވަދޭކަން ގަބޫލުވިޔަދް.ގަބޫލުވާނީ އިސްލާމްވަންތަކަމާ ދިވެހިވަންތަކަންނެތްމީހުން