މާދަމާރޭ ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރަން ނިންމައިފިއެވެ.
މެނިފެސްޓޯ ލޯންޗުކުރުން އޮންނާނީ މާދަމާރޭ 20:30 ގައި ސަލްޓަންޕާކްގައެވެ.
ދަ ޑިމޮކްރެޓްސްއިން ބުނެފައިވާ ގޮތުން މެނިފެސްޓޯ އެކުލަވައިލީ ރާއްޖޭގެ ރަށްތަކަށް ގޮސް ރައްޔިތުންގެ ޚިޔާލާއި ޝުއޫރުތައް އޮޅުންފިލުވުމަށްފަހު އެ ކަންކަމުގެ މައްޗަށް ބިނާކޮށެވެ.
ދަ ޑިމޮކްރެޓްސްއިން މީގެކުރިން ވަނީ މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތައް ހާމަކޮށްފައެވެ.
ރާއްޖޭގައި އެންމެފަހުން އުފެއްދި ޑިމޮކްރެޓްސްއިން ރިޔާސީ ރޭހަށް ނެރެފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.