އެމްޑީޕީ އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެ ޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލްއަށް އިބްރާ ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ އަސާސްތައް އެކުލަވައިލި މީހުންނަކީ މިއަދު ޕާޓީގެ އެއްވެސް ހިސާބެއްގައި ބަސްވިކޭ ބައެއް ނޫން ކަމަށެވެ.
”ޕާޓީގެ މެނިފެސްޓޯ ޑްރާފްޓް ކުރީ އަޅުގަނޑުގެ ދެ އަތުންނެވެ. ބަސްނުވިކުމުގެ އިތުރުން ޕާޓީއާއި ސަރުކާރު ހިންގުމުގައި ހުރި ކަންބޮޑުވުންތަކާމެދު ވެރީންނަށް ބަހެއް އިއްވޭނެ ގޮތެއް ވެސް އަޅުގަނޑުމެންގެ މިއަދަކު ނެތެވެ.“
ޕާޓީގެ އިސް ސަފުގައި ގޮތްކިޔާން މިއަދު ތިބީ ޕާޓީ އުފެއްދިޔަ ނުދޭން މަސައްކަތް ކުރި މީހުން ކަމަށާއި މަޖިލިސްތެރޭގައި ޕާޓީގެ ނަމުގައި ހުރިހާ ބާރެއް ދައްކަނީ އެމްޑީޕީގެ ސިފަ ޖައްސައިގެން ތިބި ކުރީގެ ޑީއާރްޕީ މެންބަރުން ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
އަމިއްލަ ނަފުސް ގަބޫލުނުކުރާ އުުސޫލުތަކެއް ހިންގާ ބަސްނުވިކޭ އަގުވަޒަން ނުކުރެވޭ ތަނެއްގައި އަނިޔާވެރިކަމަށް ނަސްރު ދޭން ހުންނެވުމަކީ ޒަމީރު ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށް ވެސް އިބްރާ އިއްޔެ ކޮއްކޯފުޅު ފައްޔާޟަށް ފޮނުއްވި ސިޓީގައިވެއެވެ.