އެޕަލް ސިޑަރ ވިނެގާ އަކީ އަޅުގަނޑުމެންނަށް އާއެއްޗަކަށް ނުވާނެއެވެ. ވުމާއެކު ގޭގައި ކެއްކުމަށާއި އަތްމަތީ ފަރުވާ އެއްގެ ގޮތުން އެޕަލް ސިޑަރ ވިނެގާ ބޭނުން ކުރެވެމުން އާދެއެވެ.
އެގޮތުން މި ލިޔުމުގައި އަޅުގަނޑު ބަލާލާނީ އެޕަލް ސިޑަރ ވިނެގަރ އިން ލިބޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.
އެޕަލް ސިޑަރ ވިނެގާ އަކީ އެތައް ގިނަ ގުނަ ސިއްހީ ފައިދާ ލިބޭ މާއްދާ ތަކެއް އެކުލެވިގެންވާ އެއްޗެކެވެ. މީގެތެރެއިން ބަރުދަން ލުއި ކޮށްދިނުމާއި، ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދިނުމާއި ހަކުރުބަލިން ސަލާމަތް ކޮށްދިނުމަށް އެހީތެރިވެއެވެ.
މީގެ އިތުރުން އެޕަލް ސިޑަރ ވިނެގާ ނުރައްކާތެރި ޖަރާސީމުތައް ނައްތައިލުމަށް އެހީތެރިވެއެވެ. ވުމާއެކު އެތަކެއް އަހަރުތަކެއްގެ ކުރިން ފަންގަސް އާއި އުކުނު އުން ފަދަ ތަކެތި ނައްތާލުމަށް ހަންގަނޑުގައި އެޕަލް ސިޑަރ ވިނެގާ ބޭނުން ކުރެވެމުން އައެވެ.
މިއާއެކު ބަރުދަން ލުއި ކުރުމަށްޓަކައިވެސް އެޕަލް ސިޑަރ ވިނެގަރ ބޮޑު ރޯލެއް އަދާކުރެއެވެ. އެގޮތުން މި ބޭނުން ކުރުމުން ބަނޑުހައި ކަން ފިލުވައިދެއެވެ. ސަބަބަކަށްވަނީ ކެލޮރީސް ނެގޭ މިންވަރު ދައްވެ މެދުމިނުގެ ކެއުމެއް ދެމެހެއްޓުމަށް ފަސޭހަ ވެގެންދިއުމެވެ. މީގެ އިތުރުން އެޕަލް ސިޑަރ ވިނެގާ އަކީ ހަންގަޑަށްވެސް ރަނގަޅު، ހަމުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާ ތަކުން ސަލާމަތް ކޮށްދޭ އެއްޗެކެވެ.
އެގޮތުން ހަންގަނޑުގެ ޕީ އެޗް ލެވެލް ބެލެންސް ކޮށްދީ އެކްޒީމާ ފަދަ ހަންގަނޑަށް ދިމާވާ އެކި އެކި ބަލިތަކުން ސަލާމަތް ކޮށްދިނުމަށް އެޕަލް ސިޑަރ ވިނެގާ އެހީތެރިވެދެއެވެ. މި ބަޔާން ކުރެވުނު ކަންކަމުގެ އިތުރުން ސިއްހީ މައްސަލައެއް ކުރިމަތިވެއްޖެ ހާލަތެއްގައި ސިއްހީ މާހިރުންގެ ލަފާ ހޯދުން ބުއްދިވެރިއެވެ.
ބޭނުންކުރަންވީ ގޮތެއް ނުލިޔުނީމަ ތިޔައާޓިކަލްގެ ބޭނުމެއް ނެތް. މީ އުނގުޅާ އެއްޗެއއްކަމެއް ބޯއެއްޗެއް ކަމެއް ނޭގުނު؟މިހިރީ މިހާރު ފުޅިއެއް ގަނެގެން.