ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލުކަން ނެރެފިއެވެ.
ލ.އަތޮޅުން ފެށިގެން ސ.އަތޮޅާއި ހަމައަށް ހުދު ސަމާލުކަން ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭތީއެވެ.
މި ހުދު ސަމާލުކަން ނެރެފައިވަނީ، މިއަދުގެ ހެދުނު 08:00 ފެށިގެން، މެންދުރު 14:00 ނިޔަލަށެވެ.
މެޓް އޮފީހުން އިލްތިމާސްކުރައްވަނީ، މި އަތޮޅުތަކުގެ އެންމެހާ ފަރާތްތަކުން، މިކަމާ ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވަވައި، ސަމާލުވެ ތިއްބެވުމަށެވެ.