ރާއްޖޭގެ އެކި ހިސާބުތަކުން 2500 މެންބަރުން އެމްޑީޕީއާ ގުޅިފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެމްޑީޕީއާ އަލަށް ގުޅުނު މެންބަރުންގެ ފޯމުތައް ޕާޓީ އޮފީހާ ހަވާލުކުރަން އެ އޮފީހުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލެވެ.
އެމްޑީޕީން ބުނިގޮތުގައި އެ 2500 މެމްބަރުންނަކީ 12 ދާއިރާއަކުން އެ ޕާޓީއާ ގުޅުނު މެމްބަރުންނެވެ.
އީސީގެ ވެބްސައިޓުގައިވާ ގޮތުން 21 ފެބުރުވަރީ 2023 ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 57,660 މެންބަރުންނެވެ.