އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފިއެވެ.
“ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ“ ގެ ނަމުުގައި ޕާޓީއެއް ހަދަން ހުއްދަ ދިނީ މ.ފެހިވިނަ ޑރ.މުޙައްމަދު ޢާޠިފަށެވެ.
ޑރ.ޢާޠިފަކީ 2017 ވަނަ އަހަރުގައި ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ ޢާޠިފްގެ ބައްޕައެވެ.
ޑރ.ޢާޠިފް ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވެސް މީގެކުރިން އިއުލާނުކުރައްވައިފައެވެ.
ދާދިފަހުން އީސީއިން ވަނީ “ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ވެސް ހުއްދަދީފައެވެ.
އީސީގެ ދަފްތަރުގައި މި ވަގުތު އޮތީ 9 ޕާޓީއެކެވެ.
ނަފްސާނީ މައްސަލައަށް ބޭސްކުރުން ސިޔާސީ ޕާޓީހެދުމަށްވުރެ މުހިންމު