މި ދުވަސްވަރަކީ މޫސުން ގޯސްވެ ގަދަވައި ޖެހެމުންދާ ދުވަސްވަރެއްކަމަށްވާތީ ސިނަމާލެ ބުރިޖާއި ލިންކް ރޯޑު ބޭނުންކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
އެގޮތުން ފުލުހުން ވަނީ ބުރުގާ އަޅާ ފަރާތްތަކުން ވަޔާއެކު ބުރުގާ މޫނު މައްޗަށް ނުދާނެހެން ބެހެއްޓުމަށާއި ވިއްސާރަ ކޯޓު ބޭނުންކުރާ ފަރާތްތަކުން, ވަޔާއެކު ހަލާކުވެގެން ގޮސް އެހެން މީހުންގެ މޫނުމަތީ ނޭޅޭފަދަ ރަނގަޅު ފެންވަރުގެ ކޯޓެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.
އަދި ވައިގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލް ކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.