މައްޗަންގޮޅި މެދު ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގެ ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކެތްމަދުވެފައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށް އެކަމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވައިފައެވެ.
”މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތް މަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް.“
ނަޝީދު ވަކިކުރުމުގެ މައްސަލާގައި 54 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ. މި މައްސަލަ މިއަދު ހުށަހަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ.